- ވަަން އޯން މޯލްޑިވްސްގެ ފަރާތުން ގދ.ތިނަދޫގައި 1500 ސާމްޕަލް ޓެސްޓް ކުރެވޭ މެޝިނަކާއި އެކު ޕީސީއާރް ލެބެއް ހުޅުވައިފިއެވެ.
ހުވަދު ޕީސީއާރު ލެބްގެ ނަމުގައި ތިނަދޫ ކައުންސިލް ސައުދު އަލީ ހުޅުވައިދެއްވި މި ލެބް އަކީ ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ޙާއްސަ ކުރެވިފައިވާ ލެބެކެވެ.
ހުވަދު އަތޮޅުގެ ރިސޯޓުތަކަށް ޓާގެޓްކޮށްގެން ތިނަދޫގައި ހުޅުވާ ފުރަތަމަ ޕްރައިވެޓް ޕީސީއާރް ލެބްކަމަށް ވިދާޅުވަމުން ލެބުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ސައީދު އަހުމަދު ވިދާޅުވީ މި ލެބުން ފަތުރުވެރިންގެ އިތުރުން ހުވަދު އަތޮޅުގެ އެންމެހާރައްޔިތުންނަށް ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމް ޤާއިމްކޮށްދެވޭނެ ކަމަށެވެ.
މީގެއިތުރުން ވަން އޯން މޯލްޑިވްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި ތިނަދޫގައި ހުޅުވި ހުވަދޫ ޕީސީއާރު ސެންޓަރުގައި ބަހައްޓާފައިވާ ޕީސީއާރް މެޝިނަކީ ދުނިޔޭގެ އެންމެ ކޮލެޓީ ޕީސީއާރް ޓެސްޓިންގ މެޝިންއެއް ކަމަށާއި މިލެބުގައި ދުވާލެއްގެ މައްޗަށް 1500 ޕީސީއާރް ޓެސްޓް ކުރުމުގެ ޤާބިލުކަން ހުރެއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ތިނަދޫ ކައުންސިލުގެ ނައިބުރައީސް ނަސްރުﷲ އަލީގެ އިތުރުން ކައުންސިލް މެންބަރު އާމިނަތު ނަސީމާ އާއި އަހުމީމާ އަހުމަދު އަދި ވަން އޯން މޯލްޑިވްސް މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ސައީދު އަހުމަދުއާއި އެތަނުގެ މުއައްޒަފުން ބައިވެރިވެލެއްވިއެވެ.






