އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެރަށުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ މި މަހު 30 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އެރަށު ފަޅުގެ އެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 9 ރަބަރު ޕެކެޓާއި 89 ސެލޯފިންކޮޅާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 4 ފުޅި ފެނިފަައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
އަދި މި މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.






