Close

އައްޑޫ ހިތަދޫގައި އުމުރުން ދުވަސްވީ މީހަކު ބަލާނެ މީހެއް ހޯދަނީ

އައްޑޫސިޓީ ހިތަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭނެ ތަނަކާއި އެމީހާ ބަލައިދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނު ކޮށްފިި އެވެ.

65 އަހަރުން މަތީގެ ފިރިހެނެެއް ބަލައިދޭނެ 2 ފަރާތެއް ހޯދުމަށް އައްޑޫސިޓީ ކައުންސިލުން ކުރި އިއުލާނުގައިވަނީ އެމީހާ ބަލައިދިނުމަށް އެދޭ ފަރާތްތަކުން، އަންނަ އާދީއްތަ ދުވަހުގެ ކުރިން 6885753 އަށް ގުޅައި މައުލޫމާތު ސާފުކުރެއްވުމަށެވެ.

އުމުރުން ދުވަސްވީ އެ މީހާގެ ދަރިއަކާއި ދޮންދަރިއެއް ފިޔަވައި އާއިލާގެ އިތުރު މީހެއް ދުނިޔޭގައި ނެތް ކަމަށާއި އަދި އޭނާގެ ދަރިފުޅުހުރީ އެފަދަ މީހަކު ބެލޭނެ ހާލަތުގައި ނޫން ކަމަށް ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރ އާމިނަތު އަދާލާ ރަޝީދު މައުލޫމާތު ދެއްވާފާވެއެވެ. އަދި މިހާތަނަށް އެމީހާ ބަލަމުން އައީ ދޮންދަރި ކަމަށާއި ނަމަވެސް މިވަގުތު އެގޭގައި ބަހައްޓައިގެން ބެލޭނެފަދަ މަލީ ހާލަތެއް އެފަރާތުގެ ނެތުމުގެ ސަބަބުން އެމީހާ މިހާރު ދިރިއުޅެމުންދަނީ އެރަށުގެ މިސްކިތެއްގައި ކަމަށްވެސް އަދަލާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަދާލާ ވިދާޅުވީ މީގެ ކުރިންވެސް މި މީހާ ބަލާނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފައި ވާނެ ކަމަށެވެ. ނަމަވެސް އެ އިއުލާނަށް އެންމެ ފަރާތަކުން ކުރިމަތިލުމާ ގުޅިގެން އަލުން އިވެލުއެޓް ކުރުމަށްފަހު އިއުލާނު ކުރީ ކަމަށެވެ. މިނޫނަސް ބަލާނެ މީހެއް ނެތި މިގޮތަށް ދިމާވެފައިވާ މީހުން އެސިޓީިގައި ތިބުމުން ޖެންޑާ މިނިސްޓްރީއާ މަޝްވަރާ ކުރެވިގެން ޕޫލް އެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށާއި އަދި ޕޫލް އެކުލަވާލުމަށްފަހު ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް އެފަރާތްތަކަށް އެލަވަންސްއެއް ދިނުމުގެ އުސޫލެއް ކަނޑައަޅާނެ ކަމަށްވެސް އަދާލާ ވިދާޅުވިއެވެ.

މިގޮތުން އުމުރުން ދުވަސްވީ މި މީހާ ބަލާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރީގެ ކައުންސިލުންވެސް ކޮށްފައިވާނެ ކަމަށް އަދާލާ ވިދާޅުވިއެވެ. އަދި މިހާރުގެ ކައުންސިލުންވެސް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މި މަސައްކަތް ކުރިއަށް ގެންދާކަމަށާއި އެފަދައިން މަގުމަތިވެފައިވާ މީހުން ބަލާނެ ފަރާތްތައް ހޯދުމަށް އިއުލާނު ކޮށްފައިވާނީ އެހެން އެއްވެސް ހައްލެއް ފެންނަން ނެތުމުން ކަމަށް ވެސް އަދާލާ ވިދާޅުވެފައި ވެއެވެ.

އަދާލާ އިތުރަށް ވިދާޅުވީ ދާއިމީ ހައްލެއް ލިބުމުގެ ކުރިން މިވަގުތަށްވެސް އެމީހާ ބެލެހެއްޓޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top