ރ. އަލިފުށި ބިން ހިއްކުމާއި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދުހަވާލުކޮށްފިއެވެ.
މި މަޝްރޫޫއުގެ ދަށުން، 50.05 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަަމަށްހާއްސަކޮށްގެން ހިއްކާ ބިމެވެ.
https://twitter.com/MoNPHImv/status/1432962253964251138?t=CUiPXij5nrou48e7XYlQsQ&s=19
މީގެ އިތުރުން 40.05 ހެކްޓަރުގެ ބިމަކީ އެއާޕޯޓު ތަރައްގީ ކުރުމަށް ހިއްކާ ބިމެއްކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
މިއީ 451.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.






