Close

ގައްދޫ މޮނީޓަރިންގ ހާލަތުން ނަގައިފި

ފޮޓޯ: ސައީދް

ކޮވިޑް ކޭސްތައް ފެނި މޮނީޓަރިންގ ހާލަތަށް ގެނެސްފައި އޮތް ގދ. ގައްދޫ މޮނީޓަރިންގ ހާލަތުން ނަގައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން މިހާރު ވަނީ ގައްދޫ މޮނިޓަރިން އިން އުވާލިކަން އެރަށު  ކައުންސިލަށް އަންގާފަ އެވެ.

ގައްދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ. އެރަށުން މިފަހުން މުޖުތަމައުގެ ތެރެއިން ފުރަތަމަ ކޮވިޑް ކޭސް ފެނިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އަދި އެމީހާއަކީ އޭގެ 2 ދުވަސްކުރިން ފުވައްމުލަކުން އެރަށަށް ދަތުރުކުރި ފަރާތެކެވެ. އޭގެ ފަހުން އިތުރު ފަރާތްތަކެއްވެސް އެރަށުން ވަނީ ފައްސިވެފައެވެ.

އެރަށުގެ މޮނީޓަރިންގ ހާލަތު އުވާލުމަށްޓަކައި އޯގަސްޓް މަހު 29 ގައި ރޭންޑަމް ސާމްޕަލްތަލެއްވެސް ވަނީ ނަގާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top