Close

މާވަށުން 10 ހާސް އަކަފޫޓްގެ ބިމެއް ފުލުހުންނަށް ދީފި

ފޮޓޯ: ނަޖް

2 ހާހަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ލ.މާވަށުގައި ޕޮލިސް ސްޓޭޝަންގެ އާ ޢިމާރާތެއް ގާއިމުކުރުމަށް 10 ހާސް އަކަފޫޓުގެ ބިމެއް އެރަށު ކައުންސިލުން ފުލުހުންނަށް ދޫކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިންވެސް ޕޮލިސް ސްޓޭޝަންއެއް ގާއިމްކުރުމަށް ކުންސިލުންވަނީ ފުލުހުންނަށް އެރަށުން ޢިމާރާތެއް ދޫކޮށްފައިވާ ކަމަށާއި ނަމަވެސް އެ އިމާރާތުގެ އެއްބަސްވުން ހަމަވެ މިހާރު އެތަނުގައި ގަވާއިދާއި ހިލާފަށް ޕޮލިސް ސްޓޭޝަންއެއް ހިންގާތާ 4 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

އެގޮތުން މިހާރު ޕޮލިސް ސްޓޭޝަން ހިންގަމުންދާ "އަރާކުރި" އިމާރާތުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުންގެ ފަރާތުން 3 އިޚްތިޔާރެއް ފުލުހުންނަށް ދީފާވެއެވެ. އަދި 15 ދުވަހުގެ މުއްދަތެއްގައި ވަކި ގޮތެއް ނިންމައި އަމަލުކުރަން ފެށުމަށްވެސް އޭރު ވަނީ އަންގާފަ އެވެ.

ފުލުހުންނަށް ކައުންސިލުން ހުށަހެޅި 3 އިޚުތިޔާރަކީ ކައުންސިލުން ފުލުހުންނަށް ހިލޭ ހަމަޖައްސައިދޭ ބިމެއްގައި ފުލުހުންގެ އައު އިމާރާތެއް ބިނާ ކުރެއްވުމުގެ މަސައްކަތް ފެއްޓުމާއި މިހާރުވެސް ޕޮލިސް ސްޓޭޝަން ހިންގަވަމުން ގެންދަވާ "އަރާކުރި" އިމާރާތަށް މަހުން މަހަށް ކުލި ލިބޭ ގޮތަށް އެއްބަސްވުމެއް ހެދުމަށާއި އަދި "އަރާކުރި" ޢިމާރާތުގެ އަގެއް ކަމަށް ފުލުހުން އަމިއްލަޔަށް ކަނޑައެޅި 82،3375ރ. ދިނުމަށްފަހު ފަހު އެ ޢިމާރާތް ގަތުމަށެވެ.

އެ ގޮތުން މީގެން އިޚުތިޔާރެއްގެ ބޭނުންނުކޮށްފިނަމަ، މައްސަލަ ޙައްލުކުރުމަށް ކޯޓަށް ހުށަހެޅުޅުމަށް ފެންނަ ކަމަށްވެސް ކައުންސިލުންވަނީ ބުނެފަ އެވެ. އެހެންކަމުން ކައުންސިލުން ދިން 3 އިޚުތިޔާރުގެ ތެރެއިން އަލުން ޢިމާރާތެއް ބިނާކުރުމަށް ފުލުހުންވަނީ އިޚްތިޔާރުކޮށްފ ައެވެ. އަދި އެކަމަށް ކައުންސިލުން ބޮޑުބިމެއް ފުލުހުންނަށް މިހާރު ދީފާވާއިރު އެއިމާރާތުގެ މަސައްކަތް ނިމެންދެން ޕޮލިސް ސްޓޭޝަން ހިންގާނެ އިމާރާތެއް ހޯދުމަށް ވެސް ވަނީ އިއުލާން ކޮށްފައެވެ.

އަންހެނުންގެ މަސައްކަތުން 2013 ވަނަ އަހަރުގެ ގޮގަސްޓް މަހުގެ 31 ވަނަ ދުވަހު މާވަށުގައި ބިނާކުރި ޕޮލިސް ސްޓޭޝަން ފަހުންވަނީ ކައުންސިލާއި ހަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top