ޓްރޭޑް ފައިނޭންސް ފެސިލިޓީއެއްގެ ދަށުން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިއައިޓީއެފްސީ) އާއި އެސްޓީއޯއާ ދެމެދު 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި މިހާރު ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި އައިއައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހާނީ ސާލެމް އެވެ.
އައިއައިޓީއެފްސީ އަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ. މި ފެސިލިޓީއަކީ އިސްލާމިކް ފައިނޭންސިންގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެކެވެ.
މި ފެސިލިޓީ ބޭނުންކުރާނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށް އެކަންޏެވެ.
އައިއައިޓީއެފްސީ އަކީ ކުރިންވެސް އެސްޓީއޯއަށް ޓްރޭޑް ފެސިލިޓީ ހަމަޖައްސައިދެމުން އަންނަ ކުންފުންޏެކެވެ.






