ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މިހާރު މި މަޝްރޫއުގެ ދަށުން އަޅާ ބުރިޖުގެ މަސައްކަތުގެވެސް 91 އިންސައްތަ ވަނީ ނިމިފައެވެ.
މިއީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން، 18,500 ކިއުބިކް މީޓަރުގެ އާ ހާބަރ ބޭސިން ފުންކުރުމާއި 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމާއި 214 މީޓަރުގެ އެއްގަމު ތޮއްޓަކާއޮ 130 މީޓަރުގެ ތޮއްޓަކާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެވެ.






