Close

ކޮވިޑާއި ގުޅޭ ކަންކަމަށް އައްޑޫ އިން ދަރުމަވެރިން ހޯދަނީ

A health official (L) transfers a positive patient of COVID-19 coronavirus on a speed boat to an isolation facility from the capital city Male early on May 1, 2020. - The Maldives reported its first coronavirus fatality on April 30 with the death of an 83-year-old woman, as the Indian Ocean holiday hotspot extended a nationwide lockdown. (Photo by Ahmed SHURAU / AFP) (Photo by AHMED SHURAU/AFP via Getty Images)

އައްޑޫ ސިޓީގައި ކޮވިޑް 19 ގެ ހާލަތު ގޯސްވެ، ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެ ފުރުޞަތު ހުޅުވާލައިފި އެވެ.

އޭއީއެޗް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން އެކި އެކި މަސައްކަތްތަށް ކުރުމަށްޓަކައި އައްޑޫ ސިޓީއިން ވޮލިންޓިއަރުން އެ ހޮސްޕިޓަލަށް ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެމްބަރ 2021ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ސީވީ އާއެކު އެކަމަށް އެދި ހުށަހެޅުމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އޮންލައިންކޮށް ވޮލިންޓިއަރކަމަށް އެދިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް ސިޓީ އާއި ސީވީ ފޮނުވޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެދޭ ފަރާތްތަކުން 6885046 ނަމްބަރ ފޯނަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށްވެސް އެ ހޮސްޕިޓަލުގެ އިޢުލާނުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top