Close

ވެކްސިން ޖެހި މީހުންނަށްވެސް އެމް.ޔޫ ވޭރިއަންޓްގެ ނުރައްކާ ބޮޑުވެދާނެތީ، ޑަބްލިއު.އެޗް.އޯ އިން މޮނިޓަރކުރަނީ

ކޮރޯނާ ވައިރަސްގެ އައު ވޭރިއަންޓް އެމް.ޔޫ ނުވަތަ ބީ.ވަން.ސިކްސް.ޓްވެންޓީ.ވަން ވޭރިއަންޓްގެ ނުރައްކާ، ވެކްސިން ޖަހާފައިވާ މީހުންނަށާއި ޕޮސިޓިވްވެ ރަނގަޅުވެ ފައިވާ މީހުންނަށްވެސް ކުރާނެކަމަށްބެލެވޭތީ ޑަބްލިޔު.އެޗް.އޯ އިން ބުނެފި އެވެ.

ޑަބްލިޔު.އެޗް.އޯ އިން ކަންބޮޑުވުން ފާޅުކޮށް ބުނެފައިވާ ގޮތުގައި، މި އައު ވޭރިއަންޓާއި ގުޅޭ ކަންކަން އެއިދާރާއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މިހާތަނަށް 39 ޤައުމަކުން މީގެ ކްލަސްޓަރސްތައް ފެނި ދިރާސާތަށް ކުރަމުން އަންނަ ކަމަށެވެ.

ޑަބްލިޔު.އެޗް.އޯ އިން ކޮރޯނާ ވައިރަސްއާއި ގުޅިގެން ކޮންމެ ހަފްތާއަކު 1 ދުވަހު ނޫސްތަކާއި ވާހަކަ ހިއްސާކުރުމަށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ނިމިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި އެ އިދާރާއިން ބުނެފައިވަނީ މި އައު ވޭރިއަންޓްއަކީ ސައުތް އެފްރިކާއިން ފެނިފައިވާ ބީޓާ ވޭރިއަންޓާއި އެއްގޮތްކަމެއް ހުރި ވޭރިއަންޓެއްކަމަށެވެ.

އެގޮތުން އެމް.ޔޫ ވޭރިއަންޓް އެންމެ ފުރަތަމަ ރިޕޯޓްކުރެވިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު ކެމްބޯޑިއާއިނެވެ. އެޤައުމުގައި އެމް.ޔޫ ވޭރިއަންޓްގެ ގިނަ އަދަދެއްގެ ކޭސަސްތަކެއް ފެނިފައިވާ ކަމަށް ޑަބްލިޔު.އެޗް.އޯ އިން ބުނެފައިވެ އެވެ.

މީގެ އިތުރުން ދެކުނު އެމެރިކާ، އިންގިރޭސިވިލާތް، ޔޫރަޕް އަދި އެމެރިކާއާއި ހޮންގްކޮންގްއިން ވެސް މި ވޭރިއަންޓް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ކެމްބޯޑިއާ އަދި އީކުއިޑޯގައި މި ވޭރިއަންޓް ޖެހިފައިވާ މީހުންގެ އަދަދު ހުރީ 39 އިންސައްތަ އާއި 13 އިންސައްތައިގައިކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

އަދި އިނގިރޭސި ވިލާތުން އެމް.ޔޫ ވޭރިއަންޓްގެ ގޮތުގައި މޮނިޓަރކުރަމުން އަންނަ ފަރާތްތަކުގެ ތެރޭގައި ގިނައީ އުމުރުން 20 އަހަރުގެ މީހުންކަމަށާއި މިއީ ދަތުރުފަތުރު ކުރާ މީހުންކަމަށްވެސް އެޤައުމުން ބުނެފައިވާއިރު މީގެ ތެރޭގައި ހިމެނޭ މީހުންނަކީ ކޮވިޑް 19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިންގެ 1 ނުވަތަ 2 ޑޯޒް ވެކްސިން ހަމަކޮށްފައިވާ ފަރާތްތައްކަމަށްވެސް އެޤައުމުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top