Close

ދައުލަތުގެ ރިޒާވް 30 އިންސައްތަ އިތުރުވެއްޖެ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ރިޒާވް 30 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ކުއާޓާލީ ބުލެޓިންގައި ބުނެފައިވާ ގޮތުގައި، މިއަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ޖުމުލަ ރިޒާވުގައި ހުރީ 912.4 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ.

ދެވަނަ ކުއާޓާ ނިމުނު އިރު ރިޒާވްގައި ހުރީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރިޒާވް ހުރި ވަރަށް ވުރެ އަށް އިންސައްތަ އިތުރު އަދަދެކެެވެ. ފުރަތަމަ ކުއާޓާގައި ރިޒާވްގައި ހުރީ 844.7 މިލިއަން ޑޮލަރެވެ.

އެމްއެމްއޭއިން ބުނިގޮތުގައި ދައުލަތުގެ ރިޒާވް ކުއްލިއަކަށް އިތުރުވީ ސަރުކާރުން މި އަހަރު ވިއްކި ސުކޫކާއި އިންޑިއާގެ ރިޒާވް ބޭންކުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top