ހއ. ހޯރަފުށީގެ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފި އެވެ.
މި އޮފީހުގެ ބިންގާ އަޅާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ބިންގާ އަޅުއްވައިދެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފެނަކައިން ބުނީ މި އޮފީހުގެ މަސައްކަތް ނިމުމުން އެ ކުންފުނީގެ އޮފީހުގެ ހުރިހާ މަސައްކަތެއް އާ އޮފީހަށް ބަދަލު ކުރެވޭނެ ކަމަށެވެ. މި އޮފީހަކު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތް ދެމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އާ އޮފީސް ވެގެންދާނީ އެ ކުންފުނީގެ މުވައްޒަފުންނަށް މަސައްކަތް ކުރަން ފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ކަމަށް ވެސް ފެނަކައިން ބުންޏެވެ.






