Close

ބާރަށަށް 448 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފި

ހއ. ބާރަށަށް ފެނަކަ ކޯޕަރޭޝަނުން 448 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފިއެވެ.

މި ޖަނަރޭޓަރު ބާރަށަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި ޖަނަރޭޓަރާއެކު މެދުކެނޑުމެއްނެތި އެ ރަށުުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށް ފެނަކައިން ބުންޏެވެ.

އެ ރަށުގައި 1215 މީހުންގެ އާބާދީއެއް އޮންނައިރު މިހާރު ބޭނުން ކުރާ ޖަނަރޭޓަރުން އެ ރަށުގެ ހުރިގާ ގެއަކަށް ކަރަންޓު ފޯރުކޮށްދޭ ކެޕޭސިޓިއެއް ނުހުރެއެވެ. އެހެންކަމުން ކަރަންޓު ކެނޑުން ފަދަ ކަންކަން އާއްމުކޮށް ދިމާވެއެވެ.

ބާރަޑުގެ ފެނަކަ ބްރާންޗުން ބުނީ އާ ޖަނަރޭޓަރު އިންސްޓޯލްކޮށް ކަރަންޓު ދޭން ފެށުމާއެކު އެ ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top