ގއ. ކަނޑުހުޅުދޫގައި އަންހެނުންތަކެއް ހިނގި މާރާމާރީއެއްގައި 22 އަހަރުގެ އަންހެނަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ވިދާޅުވެފައިވަނީ މިއަދު ހެންދުނު ހިނގި މި މާރާމާރީގައި އަނިޔާވި އަންހެން މީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫލޮށްލާފައިވާ ކަމަށެވެ
މިމާރާމާރީގައި އަނިޔާ ލިބުނު އަންހެން މީހާގެ ނޭފަތް ފަޅައިގެންދިޔަ ކަމަށް މައުލޫމާތު ލިބިފާވެއެވެ. އަދި ނޭފަތުން ލޭ އައިސްފައި ހުރި ފޮޓޯތަކެއް މިހާރުވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.
އެގޮތުން މި މާރާމާރީއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފާ ނުވާ ކަމަށާއި ނަމަވެސް މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފާވެއެވެ.






