އައްޑޫ ސިޓީން އިތުރު 39 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެކްޓިވް ކޭސްގެ އަދަދު 300 އިން މައްޗަށް އަރައިފި އެވެ.
އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 39 ކޭސްގެ ތެރެއިން 13 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އަދި މަރަދޫ އިން ހަ ކޭސް، މަރަދޫފޭދޫން އެއް ކޭސް، ފޭދޫން ފަސް ކޭސް، ހުޅުދޫ އިން ހަތް ކޭސް އަދި މީދޫން ވެސް ހަތް ކޭސް ފެނިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މީގެތެރޭގައި ހިމެނެނީ 24 ޑައިރެކްޓް ކޮންޓެކްޓުންނާއި، 10 ފްލޫ ސާމްޕަލްގެ އިތުރުން ފަސް ރެންޑަމް ސާމްޕަލް އެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 144 ކޭސް އުޅޭއިރު، ހިތަދޫގައި 91 ކޭސް، ފޭދޫގައި އެކްޓިވް 22 ކޭސް، މަރަދޫފޭދޫގައި 10 ކޭސް އަދި ހުޅުދޫގައި 10 ކޭސް ގަމުގައި އެއް ކޭސް އަދި މީދޫގައި 29 އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 307 އަށް އަރާފައެވެ.






