އައްޑޫ ސިޓީން އިތުރު 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 15 ކޭސްގެ ތެރެއިން 4 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށާއި، އަދި މަރަދޫ އިން 4 ކޭސް، ފޭދޫން 4 ކޭސް، ހުޅުދޫން 1 ކޭސް އަދި މީދޫން 2 ކޭސް ފެނިފައިވާ ކަމަށެވެ.
މީގެތެރޭގައި ހިމެނެނީ 10 ޑައިރެކްޓް ކޮންޓެކްޓުންނާއި، 5 ފްލޫ ސާމްޕަލްއެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 144 ކޭސް އުޅޭއިރު، ހިތަދޫގައި 90 ކޭސް، ފޭދޫގައި އެކްޓިވް 26 ކޭސް، މަރަދޫފޭދޫގައި 10 ކޭސް އަދި ހުޅުދޫގައި 10 ކޭސް ގަމުގައި އެއް ކޭސް އަދި މީދޫގައި 31 އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 312 އަށް އަރާފައެވެ.






