Close

ފުވައްމުލަކުގައި ޕީސީއާރު ހެދޭނެ އިންތިޒާމެއް ނެތުމުން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

ޏ.ފުުވައްމުލަކުގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމް ނެތުމުން، އިދިކޮޅު ޕީއެންސީގެ ކަންބޮޑުވުން ފާޅުކޮށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

މެންބަރު އާދަމް ޝަރީފް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ކޮވިޑް 19 އާ ގުޅިގެން ފުވައްމުލަކު ސިޓީ މިހާރުވަނީ މޮނިޓަރިންގއަށް ލެވިފައި ކަމަށާއި އަދި އެރަށުގެ ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމެއް ނެތުމުން ދިމާވާ ދަތިތަކާއި މިކަމުގެ ސަބަބުން އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށެވެ.

މީގެ އިތުރުން ޕީސީއާރު ޓެސްޓު ހެދުމަށް ސާމްޕަލް އެހެން ލެބަކަށް ފޮނުވުމަށްފަހު، ނަތީޖާ ލިބެންދެން ތިން ހަތަރު ދުވަސްވަންދެން މަޑުކުރަން ޖެހުމަކީ އެކަމާމެދު ކަންބޮޑުވާ ކަމެއްކަމަށް ފާހަގަ ކުރައްވަމުން ޝަރީފް ވަނީ އެކަމަށްއަވަސް ހައްލެއް ހޯދާދިނުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށައެޅުއްވުމަށް އެދިފައެވެ.

އަދި ދައުލަތުން "ސިޓީ"ގެ ދަރަޖަ ފުވައްމުލަކަށް ދީފާވާއިރުވެސް އެސިޓީިގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމެއް ހަމަނުޖެހި މިހާ ގިނަދުވަސް ވަނީ ކީއްވެކަމާމެދު ސުވާލު އެފެދޭކަމަށް ވިދާޅުވަމުން އެބޭފުޅާވަނީ އެންމެ އަވަހަށް ފުވައްމުލަކު ސިޓީގައި ޕީސީއާރު ޓެސްޓު ހެދޭނެ ތާރީޚެއް އަންގާދިނުމަށް އެދިލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top