މި މަހުގެ 15 އިން ފެށިގެން މާލެ ސަރަހައްދުގައި ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން ކަމަށް އެކުންފުނިން ބުނެފިއެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 15އިން ފެށިގެން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކަމަށެވެ. އަދި ވަކި އެޕާޓްމަންޓުތަކުން ކުނި ނަގަން ނިންމީ އާއްމުންގެ އެދުމުގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެމްކޯއިން ކުނި ނަގާ ވަގުތުތައް
- މާލެ: ހަވީރު 6:00ން ރޭގަނޑު 11:00އަށް
- ވިލިމާލެ: ރޭގަނޑު 8:00-11:00 އަށް
- ހުޅުމާލެ: ރޭގަނޑު 8:00-11:00 އަށް
މިހާރު ވެމްކޯއިން ކުނިނނަގަނީ މަގުމައއޗަށަ ކުނި ނެރުމުންނެވެ. ނަމަވެސް އާ އުސޫލަށް އަނަލު ކުރަން ފެށުމާއެކު މަގުމައްޗަށް ކުނި ނެރުން މަނާ ވާނެއެވެ.
ވެމްކޯ ސައިޓަށް ކުނި އުކާލަން ދޫކޮށްފައިވާ ޑީ ކާޑުގެ ހިދުމަތްވެސް މި މަހުގެ 15ން ފެށިގެން މެދުކަނޑާލާނެއެވެ. އެހެންކަމުން ޑީ ކާޑު ގެންގުޅޭ ކަސްޓަމަރުން ދެން ޖެހޭނީ ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީވާށެވެ.
މިއަދުން ފެށިގެން ވެމްކޯގައި ރަޖިސްޓްރީވެވޭ ގޮތް ވެސް ވަނީ ބަދަލުކޮށްފައެވެ. މިހާރު ރަޖިސްޓްރީ ކުރެވޭނީ ގޭގެ ވެރިފަރާތުގެ ނަމުގައި އެކަންޏެވެ. ކުރިން ރަޖިސްޓްރީކޮށްފައިވާ ގެތަކުގެ ތެރެއިން ފީ ނުދައްކާ ގެތަކަށް ހިދުމަތް ދޭނީ ފާއިތުވެދިޔަ ތިން މަސް ފިޔަވައި އެހެން ހުރިހާ މަހެއްގެ ފީ ދައްކައި ހަލާސް ކުރުމުން ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.






