Close

ތިނަދޫގައި ވިއްކަމުންދާ ގޮދަންފުށުގެ ބާވަތެއް ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން އަންގައިފި

ގދ. ތިނަދޫ ބާޒަރުގައި ވިއްކަމުންދާ ގޮދަންފުށުގެ ބާވަތެއް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ބުނެފައިވަނީ ގިނަ އަދަދަކަށް އުކުނާއި ފަނި ހުރިކަން ކަށަވަރުވެގެން ބޭނުން ނުކުރުމަށް އަންގާފައިވަނީ "ޕްރިމަ ސިލޯން" ބްރޭންޑްގެ ގޮދަން ފުށް ކަމަށާއި އެއީ އެބްރޭންޑްގެ ބެޗް ނަމްބަރ MD2021003 ގައި ކަމަށެވެ.

މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްްގެ ގޮތުން އެހެން ބެޗްތަކުގެ ސާމްޕަލް ނަގާ ތަހުލީލު ކުރުމުގެ މަސައްކަތް އެ އޮތޯރޮޓީއިން ކުރަމުންދާ ކަމަށް ވިދާޅުވަމުން އެމްއެފްޑީއޭ އިން ވަނީ ޕްރިމަ ސިލޯން ބްރޭންޑްގެ ފުށް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top