އިންޓަގްރޭޓެޑް ނޭޗަނަލް ފެރީ ނެޓްވޯކުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބަންނަ ފުރަތަމަ ފެރީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިހާރު ކުރިއަށްދަނީ ފުރަތަމަ ފެރީގެ އިންޖީނާއި ފިޔުލް ޓޭންކް އަދި ފެން ޓެންކު އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ބަންނަ ދެވަނަ ފެރީގެ އެތެރޭގެ ފިޓިންގްސް އާއި ހަލް އާއި ފުރާޅު ގުޅުވުމަށް ކުރަން ޖެހޭ ތައްޔާރީތައް މިހާރު ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެމްޓީސީސީ އިން ފެރީ ގަންނަން ހަވާލު ކުރީ ގަލްފް ކްރާފްޓާއެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 14 ފެރީ ބަންނާނެއެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ހިދުމަތް ދޭނީ ހއ. ހދ. އަދި ށ. އަތޮޅުގެ 41 ރަށަށެވެ. ކުރިއަށް އޮތް އަހަރުތަލުގައި ރާއްޖޭގެ އެހެން އަތޮޅުތައް ވެސް މި ނެޓްވޯކުގެ ތެރޭގައި ހިމަނަން ވަނީ ނިންމައިފައެވެ.







1 ކޮމެންޓް
މިމަސްރޫޢުއަކީ ދިވެހިރައްޔިތުންގެ ގިނަބަޔަކަށް ވަރަށްބޮފަސޭހައަކާއި ވަރަށްގިނަޚަރަދުތަކެއްކުޑަކޮށް ޖީބަށްއިތުރުވާނެ މަޝްރޫއެއް އަދިއަވަސްމުއްދަތެއްގައި އެހެންއަތޮޅުތައްވެސް މިމަޝްރޫޢުންގުޅުވައިލުމަކީ ވަރަށްބޭނުންތެރި ރައްޔިތުންނަށް ވަރަށްފައިދާވާނެކަމެއް ….