Close

ފުވައްމުލަކު ހޮސްޕިޓަލްގައި 2 ވެންޓިލޭޓަރު ބަހައްޓައި، ޑަކްޓަރުންނާއި ނަރުހުން ތަމްރީން ކޮށްފި

ޏ.ފުވައްމުލަކު ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައި 2 ވެންޓިލާޓަރ ބަހައްޓައި ޑޮކްޓަރުންނާއި ނަރުހުން ތަމްރީން ކޮށްފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫަގައި 2 ވެންޓިލާޓަރ ބަހައްޓައި އިންސްޓޯލް ވެސް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ވެންޓިލޭޓަރ އިންސްޓޯލް ކޮށް އައިސީޔޫގެ މުވައްޒަފުން ތަމްރީން ކޮށްދީފައިވަނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލްގެ ބަޔޯ-މެޑިކަލް އެންޖިނިއަރ ޑރ.ދިނޭޝް ކުމާރު ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައި ވެއެވެ.

މީގެ އިތުރުން މި ބެހެއްޓިގެން ދިޔަ 2 ވެންޓިލޭޓަރުގެ ސަބަބުން ކުރިއަށް ވުރެ ބޮޑަށް ފުވައްމުލައް ހޮސްޕިޓަލުގެ އައިސީޔޫގެ ހިދުމަތްތައް ރަނގަޅުވެގެން ދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top