އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ޓުއަރިޒަމް ޒޯންތަކުން ބިން ލިބުނު ފަރާތްތަކާއި ބިން ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ޓުއަރިޒަމް ޒޯނުން ބިން ލިބުނު 8 ފަރާތަކާ އެކު ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިމަހުގެ 9 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.
އެގޮތުން ހިތަދޫ ޓުއަރިޒަމް ޒޯނުން 7 ބިމެއް އަދި ހުޅުދޫ ޒޯނުން ބިމެއް ހަވާލުކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
އިއްޔެ ހަވާލުކުރެވުނު ބިންތަކުގެ ތެރޭގައި 3000 އަކަފޫޓުގެ 5 ބިމާއި 5000 އަކަފޫޓުގެ ބިމެއްގެ އިތުރަށް 2400 އަކަފޫޓުގެ 2 ބިން ހިމެނޭ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
އައްޑޫ ޓުއަރިޒަމް ޒޯންތަކުން ބިން ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންގޮސް، އައްޑޫ ޓުއަރިޒަމް ޒޯނުން އައްޑޫގެ ރައްޔިތުންނަށް އަވަސް މުސްތަގްބަލެއްގައި މަންފާ ހޯދުމައްޓަކާ ކައުންސިލުން ކޮށްދޭން ޖެހުނު ކޮންމެ ކަމެއް ކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.







1 ކޮމެންޓް
ރައޔަތުންނަށް ފެރެތުމާއް ބިން ދެރޮފެލަ