Close

ފެލިވަރުގައި މަސް ބަންދު ކުރާ އިތުރު ކާރުހާނާއަކާއި ކޯލްޑް ސްޓޯރެޖެއް ހަދަނީ

ޅ. ފެލިވަރުގައި މަސް ބަންދު ކުރަން އިތުރު ކާރުހާނާއަކާއި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ އެ ބޭންކުގެ ފަރާތުން ފަށައިފި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދު ކުރެވޭނެ ކާރުހާނާއެއް ގާއިމުކުރާނެ ކަމަށެވެ. އަދި ޓްރައިން ޕްރީޓިންގް ފެސިލިޓީ އާއި، ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީ އާއި، ފިޝްމީލް ޕްލާންޓަކާއި، އައިސް ޕްލާންޓަކާއި މި ކަންކަމާ ގުޅޭ އެހެނިހެން ވަސީލަތްތައްވެސް ފެލިވަރުގައި ގާއިމުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ސަބަބުން މިފްކޯގެ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ދެގުނައަށް ވުރެ ބޮޑުތަން އިތުރުވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުން މަސްވެރީންނަށާއި، މިފްކޯއަށާއި މުޅި ގައުމުގެ އިގްތިސޯދަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ކަަމަށެވެ. އަދި މަސްވެރިން ބާނާ މަސް، ދަތިކަމަކާ ނުލައި ކިރޭނެ މަގު ފަހިވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، ގއ.ގެމަނަފުށީގައި ވެސް 50 ޓަނުގެ އައިސް ޕްލާންޓެއް ގާއިމު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top