Close

އައްޑޫ ސިޓީން އިތުރު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 21 ކޭސްގެ ތެރެއިން 9 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށެވެ. އަދި ހިތަދޫ އިން 8 ކޭސް ފެނިފައިވާއިރު ފޭދޫން ތިން ކޭސް އަދި މީދޫން އެއް ކޭސް ފެނިފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

މީގެތެރޭގައި ހިމެނެނީ 17 ޑައިރެކްޓް ކޮންޓެކްޓުންނާއި، ހަތަރު ފްލޫ ސާމްޕަލްއެވެ. މީގެތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ދެ ބިދޭސީންނެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 134 ކޭސް އުޅޭއިރު، ހިތަދޫގައި 105 ކޭސް، ފޭދޫގައި އެކްޓިވް 28 ކޭސް، މަރަދޫފޭދޫގައި 10 ކޭސް އަދި ހުޅުދޫގައި 10 ކޭސް އަދި މީދޫގައި 33 އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 320 އަށް އަރާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top