ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ ފުނަރު ޕްރޮގްރާމުގެ އިމްތިހާން ތ. ވިލުފުށީގައި އިއްޔެ ބާއްވައިފިއެވެ.
މި އިމްތިހާނުގެ ތިއަރީ އަދި ޕްރެކްޓިލް ބައިވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި އިމްތިހާނުގައި ތިން ދަރިވަރުން ބައިވެރިވިއެވެ.
މިއީ ފެނަކައިގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދަށުން ބައިވެރިވާ ދަރިވަރުންނަށް ޓެކްނިކަލް އަދި މެކޭނިކަލް ދާއިރާއިން އިންޖީނު މަރާމާތު ކުރުމާއި، މެއިންޓެނެންސްގެ މަސައްކަތްތަކާއި، މެކޭނިކަލް މަސައްކަތްތައް ދަސްކޮށްދޭނެއެވެ.
ފެނަކައިން ވަނީ މީގެ ކުރިން ކުޅުދުއްފުށި ސިޓީ އާއި ށ. މިލަންދޫގައިވެސް މި ޕްރޮގްރާމުގެ އިމްތިހާނު ބާއްވައިފައެވެ.






