Close

ކެންދޫ އާއި ކަމަދޫގައި އެމްޑަބްލިޔުއެސްސީން ހިންގާ މަޝްރޫއުތައް ޝާހު ބައްލަވާލައްވައިފި

ބ. ކެންދޫ އާއި ބ. ކަމަދޫގައި އެމްޑަބްލިޔުއެސްސީ އިން ހިންގާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށްދާގޮތް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި ހަސަން ޝާހު ބައްލަވާލައްވައިފިއެވެ.

މި ދެ ރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ދަށުން މިހާރު ކުރިއަށްދަނީ އާރުއޯ ބިލްޑިންގެ މަސައްކަތެވެ.

ކެންދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި އާރުއޯ ބިލްޑިންއަކާއި 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކާއި ފެން ރައްކާކުރުމަށް ތިން ތާނގީއާއެކު ފެން ހިންދާ ނިޒާމެއް ގާއިމް ކުރާނެއެވެ. އަދި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 4.88 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށް ދެ ޕަންޕިން ސްޓޭޝަނާއި ސީއައުޓްފޯލް އެއް ގާއިމް ކުރާނެއެވެ.

ކަމަދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 4.38 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީއެއްގެ އިތުރުން ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާނގީ ބަހައްޓާނެއެވެ. އަދި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 3.88 ކިލޯ މީޓަރުގެ ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކޮށް، 474 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެ ޕަންޕިން ސްޓޭޝަނާއި ސީއައުޓްފްލޯއެއްގެ އިތުރުން އިދާރީ ބިލްޑިން އިމާރާތް ކުރާނެއެވެ.

ކަމަދޫ ފެނާ ނަރުދަމާ ނިޒާމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އާ ހަވާލުކުރީ 56.66 މިލިއަން ރުފިޔާއަށެވެ. އަދި ކެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 56.24 މިލިއަން ރުފިޔާ އަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top