މްޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގއ. ދާންދޫގެ މަގުތައް ލެވެލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން މަގުތައް ލެވެލް ކުރުމުގެ އިތުރުން އެ ރަށުގެ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތައް ސާފުކުރުމާއި، ވިއްސާރަ މޫސުމުގައި ފެންބޮޑުވާ މަގުތަކަށް ވެލިއަޅައިދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން ހުރިހާ ހަރަދެއް ކުރާނީ އެމްޓީސީސީންނެވެ. މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތެކެވެ.
އެމްޓީސީސީން އަންނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، ދާދި ފަހުން މާލޭގެ އާޓިފިޝަލް ބީޗުގައި ވީލްޗެއާގައި އުޅޭ މީހުންނަށް ހާއްސަ ރޭމްޕެއްވެސް ވަނީ ހަދައިފައެވެ.






