Close

 މޯބައިލް ގޭމް ކުޅޭ މީހުންނަށް އުރީދޫ އިން ހާއްސަ ޕެކޭޖުތަކެއް

މޯބައިލް ގޭމް ކުޅޭ މީހުންނަށް އުރީދޫ މޯލްޑިވްސް އިން ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.

މި ޕެކޭޖުތަކާއެކު ކޯލް އޮފް ޑިއުޓީ އާއި މޯބައިލް ލެޖެންޑްސް އާއި ރޮބްލޮކްސް އަދި ގެރީނާ ފްރީ ފަޔާ ފަދަ ގޭމްތައް ކުޅެވޭނެއެވެ. އެގޮތުން، ވީކްލީ ގޭމިން ޕެކުގެ ދަށުން މިއިން ކޮންމެ ގޭމެއް ކުޅުމަށް ހަފުތާއަކު އެންމެ 25ރ. އަށް އެއް ޖީބީގެ ޑޭޓާ ލިބޭނެއެވެ. މި ޕެކޭޖު ނަގަން ޖެހޭނީ ކޮންމެ ގޭމަކަށް ވަކިންނެވެ.

މީގެ އިތުރުން މުޅި މަހަށް ހާއްސަ ޕެކޭޖުގެ ދަށުން 50ރ. އަށް 2 ޖީބީ ޑޭޓާ ލިބޭނެއެވެ. މި ޕެކޭޖުތައްވެސް އެކްޓިވޭޓް ކުރަން ޖެހޭނީ ވަކި ގޭމްތަކަށެވެ.

މި ޕެކޭޖުތަކަށް އުރީދޫގެ މޯބައިލް އެޕްލިކޭޝަން ނުވަތަ *929*5# ޑަޔަލް ކޮށްގެންވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ކީވޯޑް ޖެހުމަށްފަހު 5555އަށް އެސްއެމްއެސް ކޮށްގެންވެސް ޕެކޭޖް އެކްޓިވޭޓް ކުރެވޭނެއެވެ.

މި ޕެކޭޖުތަކާ ގުޅޭ މައުލޫމާތު އުރީދޫ ވެބްސައިޓު https://www.ooredoo.mv/entertainment/gaming-packs މެދުވެރިކޮށް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top