އައްޑޫ ސިޓީން އިތުރު 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 16 ކޭސްގެ ތެރެއިން 11 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށާއި، އަދި ދެ ކޭސް ހިތަދޫން ފެނިފައިވާއިރު އެއް ކޭސް ފޭދޫން، އެއް ކޭސް ހުޅުދޫން އަދި މީދޫން ވެސް އެއް ކޭސް ފެނިފައިވާ ކަމަށެވެ.
މީގެތެރޭގައި ހިމެނެނީ 12 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ސާމްޕަލެއްގެ އިތުރުން ތިން ރެންޑަމް ސާމްޕަލް އެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 128 ކޭސް އުޅޭއިރު، ހިތަދޫގައި 99 ކޭސް، ފޭދޫގައި އެކްޓިވް 31 ކޭސް، މަރަދޫފޭދޫގައި 11 ކޭސް އަދި ހުޅުދޫގައި 11 ކޭސް އަދި މީދޫގައި 34 އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 314 އަށް އަރާފައެވެ.






