Close

ޕަބްލިކް ޓްރާންސްޕޯޓުގައި ޑިޖިޓަލް ޕޭމަންޓު ސިސްޓަމެއް ގާއިމް ކުރަން އެއްބަސްވެއްޖެ

ޕަބްލިކް ޓްރާންސްޕޯޓުގައި ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް މާކެޓިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ބީއެމްއެލް އަދި މާސްޓަކާޑައެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް ބީއެމްއެލް އާއި މާސްޓަކާޑާއެކު މި އެއްބަސްމުގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރު ފެނިގެން ގޮސްފައިވަނީ އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ ޚިދުމަތް އިހުނަށް ވުރެ މުހިންމުކަން ބޮޑު އަހަރެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

” މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރައްކާތެރި ފަސޭހަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. މި ޚިދުމަތުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެ.” އާޒިމް ވިދާޅުވިއެވެ.

ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ މަސައްކަތްތަކަށް އިންވެސްޓް ކުރުމަކީ އެ ބޭންކުގެ ވިޔަފާރީގެ މުހިންމު ބައެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ގާއިމްކުރާ ޑިޖިޓަލް ސިސްޓަމަކީ މާސްޓަކާޑުގެ "ސްމާޓް ސިޓީސް" ޕްރޮޖެކްޓުގެ ދަށުން ދަތުރުފަތުރު ކުރުމުގައި ލުއިގޮތްތައް ހޯދައިދިނުމަށް ގާއިމްކުރާ ސިސްޓަމެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ބަސް އަދި ފެރީ ނެޓްވޯކްގައި ކޮންޓެކްޓްލެސް އަދި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފް ކޮށް، ދަތުރުވެރިންނަށް ދަތުރު ކުރުމުގައި ފަސޭހަތައް ހޯދައިދެވި، ޚިދުމަތްދޭ ފަރާތްތަކަށް ޚަރަދު ކުޑަކޮށް ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top