Close

އިންޑިއާގައި 740 މިލިޔަން މީހުން ވެކްސިން ފުރިހަމަކޮށްފި

އަވައްޓެރި އިންޑިއާގައި 740 މިލިޔަން މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް އެޤައުމުގެ ކަމާއިބެހޭ އިދާރާތަކުން ބުނެފި އެވެ.

އިންޑިއާގެ ކޯވިޑް ޕޯރޓަލްއިން ދައްކާ ގޮތުގައި 6 ސްޓޭޓެއްގައި ތިބި ގިނަ ބަޔަކު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށާއި މުޅި އިންޑިއާއަށް ބަލާއިރު، 50،25،159 ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާކަމަށް އިންޑީއާގެ ޔޫނިއަން ހެލްތް މިނިސްޓްރީ އާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.

އަދި މިކަމަށްޓަކައި ޔޫނިއަން ހެލްތް މިނިސްޓްރީއިން ވަނީ މި 6 ސްޓޭޓްގެ ޞިއްޙީ ޙިދުމަތްދެމުންގެންދާ ފަރާތްތަކުން ކުރަމުން އަންނަ ބުރަ މަސައްކަތް އަގު ވަޒަންކޮށް އެފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

އިންޑިއާގައި ޖެނުއަރީ މަހު ޞިއްޙީ ޙިދުމަތް ދެމުން އަންނަ ފަރާތްތަކަށް ވެކްސިން ދީފައިވާއިރު، މާރޗް މަހުން ފެށިގެން 65 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުންނަށް ވެކްސިން ދޭން ވަނީ ފަށާފަ އެވެ.

އަދި އިންޑިއާގެ މުޅި އާބާދީއަށް ކޮވިޑް 19 އިން ދިފާޢުވުމަށް ދެވޭ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވެމުން އަންނަކަމަށް ޔޫނިއަން ހެލްތް މިނިސްޓްރީއިން ބުނެފައި ވެއެވެ.

މުޅި އިންޑިއާއަށް ބަލާއިރު ކޮވިޑް 19 އިން ދިފާޢުވުމަށް ދެވޭ ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާ މީހުންގެ އަދަދަކީ 17 ކްރޯޑްކަމަށްވާއިރު މިއީ މުޅި އާބާދީގެ އެންމެ 12 އިންސައްތަ މީހުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top