ލ. ގަން މުކުރިމަގު ސްކޫލް އޮފީސް އިމާރާތް ހަދަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.
އެ މިނިސްޓްރީން މި މަސައްކަތް ހަވާލު ކުރީ 'އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް' އާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭ ނިންމާގޮތަށެވެ.
މި މަޝްރޫއަކީ 4.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މުކުރިމަގު ސްކޫލްގެ އޮފީސް އިމާރާތުގެ މަސައްކަތަކީ މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ލ. ގަމުގައި މިއަހަރު 160.5 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން ބަޖެޓުގައި ހިމެނިއެވެ.






