Close

އިންތިޒާރު ނިމުމަކަށް، އައިފޯން 13 ދައްކާލައިފި

އެޕަލް ކުންފުނިން ކޮންމެ އަހަރު ނެރޭ އާ އުފެއްދުންތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރެއެވެ. އެގޮތުން މިއަހަރު މިއަހަރު ނެރޭ އާ އުފެއްދުންތައް މިހާރު ދައްކާލައިފިއެވެ.

މި އުފެއްދުންތައް ދައްކާލީ ރޭ ބޭއްވި ހާއްސަ އިވެންޓުގައެވެ. އެގޮތުން އައިފޯން 13 ސީރީޒް އާއި އެޕަލް ގަޑި ވަނީ ދައްކާލައިފައެވެ.

އައިފޯން 13 ޕްރޯގައި އޭ 15 ބަޔޮނިކް ޗިޕް ހިމަނައި މުޅިން އާ ތިން ކެމެރާ ވަނީ ހިމަނައިފައެވެ. ކެމެރާތަކަށް ގެނައި މި ބަދަލާއެކު ސިނެމަޓިކް ވީޑިއޯ ނެގުމާއި މެކްރޯ ފޮޓޯ ކޮލިޓީ ބޮޑުތަނުން ރަނގަޅުވެގެންދާނެއެވެ.

މިއީ މިހާތަނަށް ބެޓެރީ އެންމެ ގިނައިރު ހިފަހައްޓާ އައިފޯނެވެ. އެގޮތުން، އެންމެ ފަހުގެ ޕްރޯ މެކްސްއަށް ވުރެ ދޮޅު ގަޑިއިރު އިތުރަށް ބެޓެރީ ހިފަހައްޓާނެ ކަމަށް އެޕަލްއިން ބުނެއެވެ.

އައިފޯން 13 ޕްރޯގެ އަގަކީ 999 ޑޮލަރު (ގާތްގަނޑަކަށް 15،500ރ. ) އެވެ. އަދި ޕްރޯ މެކްސް ގެ އަގަކީ 1099 ޑޮލަރު (ގާތްގަނޑަކަށް 17،000ރ.) އެވެ.

މި ފޯނުތައް އަންނަ ހުކުރު ދުވަހުން ފެށިގެން ޕްރީ އޯޑަރަށް ހުޅުވާލާއިރު ބާޒާރަށް ނެރޭނީ މި މަހު 24 ގައެވެ.

އައިފޯން 13 އާއި މިނީގައި ވަނީ ކުރީގެ ފޯނުތަކާ އަޅާބަލާއިރު ޕަފޯމަންސް ވަރުގަދަކޮށްފައެވެ. އެގޮތުން، ފޮޓޯ އާއި ވީޑިއޯގެ ފެންވަރު މަތިކޮށްފައިވާއިރު ނޮޗް ވެސް ވަނީ ކުޑަކޮށްފައެވެ.

އައިފޯން 13 މިނީގެ އަގަކީ 699 ޑޮލަރު (ގާތްގަނޑަކަށް 10،800ރ.) އެވެ. އައިފޯން 13 ގެ އަގަކީ 799 ޑޮލަރު (ގާތްގަނޑަކަށް 12،400ރ.) އެވެ.

ރޭގެ ހަފްލާގައި އެޕަލް ވޮޗް ސީރީޒް 7 ވެސް ވަނީ ތައާރަފުކޮށްފައެވެ. މިއީ ހަވަނަ ސީރީޒާ އަޅާބަލާއިރު 40އިންސައްތަ ތުނި އަދި ސްކްރީން ސައިޒު 50 އިންސައްތަ ބޮޑު ގަޑިއެކެވެ. މި ގަޑީގެ ފިޓްނެސް އެޕާއި އެހެން ފީޗާތައް ވެސް ވަނީ ކުރިއަށްވުރެ ރަނގަޅުކޮށްފައެވެ.

ކުރީ ގަޑިތަކަށްވުރެ 33 އިންސައްތަ އަވަހަށް ޗާޖުކޮށްލެވޭ މި ގަޑީގެ ބެޓަރީ 18 ގަޑިއިރު ހިފަހައްޓާނެއެވެ. މި ގަޑީގެ އަގަކީ 399 ޑޮލަރު (6152ރ.) އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top