އެސްޓީއޯ ހިޓާޗީ ޓީވީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ބައްތިރީސް" ގެ ނަމުގައި މިއަދު ފެށި މި ޕްރޮމޯޝަނުގެ ދަށުން 32 އިންޗި ހިޓާޗީ ޓީވީ އެންމެ 2،999 ރުފިޔާއަށް ލިބޭނެއެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުޔގެ 15ގެ ނިޔަލަށެވެ.
މި ޓީވީ އަކީ އަޑު ސާފުވެފައި ކުލަތައް އެހާމެ ޗާލު ޓީވީއެކެވެ. މީގެ އިތުރުން ނެޓްފްލިކްސްއާއި ޔޫޓިއުބްފަދަ ޒަމާނީ އެޕްލިކޭޝަންތައް ވެސް މި ޓީވީން ބޭނުންކުރެވޭނެއެވެ.
އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެކި ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.






