ގދ ތިނަދޫ މަގުހެދުމުގެ މަޝްރޫއުގެ ފޭސް2ގެ މަސައްކަތައް ބޭނުންވާ ސާމާނު ތައްޔާރު ކުރުމަށް ކާސްޓިންގ ސައިޓް ސާފު ކުރުމުގެ މަސައްކަތް އިން ފަށައިފިއެވެ.
ތިނަދޫ ހިއްކި ބިން ސަރަހައްދުގައި ގާއިމްކުރާ މި ސައިޓަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ހަދާ ސައިޓެކެވެ. ފޭސް 2ގެ ދަށުން މަގުތައް ހަދާނީވެސް އެ ކުންފުނިންނެވެ.
މި ކާސްޓިން ސައިޓަކީ މަގު ހެދުމުގެ މަސައްކަތަށް ބޭނުންވާނެ ސާމާނުތަކާއި އުޅަނދުތަށް ބެހެއްޓުމަށް ހަދާ ސައިޓެކެވެ.
ތިނަދޫ މަގުހެދުމުގެ މަޝްރޫއުގެ ސާވޭގެ މަސައްކަތް އާރުޑީސީން މިހާރު ވަނީ ނިންމާލާފައެވެ.
ފޭސް2 ގެ ދަށުން ތިނަދޫގައި ބޮޑު 14 މަގެއް، ފެން ބޮޑުވާ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ލިބޭނެ ގޮތަށް ތަރައްގީ ކުރާނެއެވެ. އެގޮތުން މި ޖުމުލަ 6.5 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެއެވެ.
މިއީ 78 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.






