Close

އެމްއެންޕީގެ ފެށުން ވަރުގަދަ، 5000 ފޯމާއެކު ރަޖިސްޓަރީ ކުރަން ހުށަހަޅައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިސްވެ ތިއްބަވައިގެން އުފައްދަވާ ޕާޓީއެކެވެ.

އެމްއެންޕީ ރަޖިސްޓަރީ ކުރުމުގެ ކަންކަމަށް އިލެކްޝަނުން ހުއްދަ ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

މި ޕާޓީ ރެޖިސްޓްރީ ކުރުމަށްޓަކައި އީސީއަށް 5000 މެމްބަރުންގެ މެމްބަރޝިޕް ފޯމު ހުށައަޅާފައިވެއެވެ.

އީސީއާއި ފޯމުތައް ހަވާލުކުރެއްވީ ނާޒިމް، ރިޔާޒު އަދި އެ ދެބޭފުޅުންނާއި އެކު މަސައްކަތްކުރައްވާ ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމްގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެވެ.

ޕާޓީ ރަޖިސްޓަރީ ކުރަން ހުށަހެޅުމަށްފަހު އެ ޕާޓީން ބުނީ އެ ޕާޓީގެ އުންމީދަކީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވިހާ އަވަހަކަށް އެޖަލްސާ ބާއްވާ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުން ކަމަށެވެ.

މިހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ދިހަ ހާސް މެންބަރުން ހަމަކޮށް އެމްއެންޕީއަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް ހެދުމަކީ އަމާޒެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top