ސްރީލަންކަންގެ ފްލައިޓްތައް އަންނަ ނޮވެމްބަރ މަހުން ފެށިގެން ފެށުމަށް ހަމަޖެހިފައިވާ ކަމަަށް ސްރީލަންކަން އެއަރ ލައިންސް އިން ބުނެފިއެވެ.
އެ އެއަރ ލައިންސްގެ ޖެނެރަލް ސޭލްސް އެޖެންޓް ،އޭސް އޭވިއޭޝަންގެ ޑިރެކްޓަރ މުޙައްމަދު ފިރާގު މިހެން ވިދާޅުވެފައި މިވަނީ އެ އެއަރ ލައިންއިން އައްޑޫއަށް ކުރަމުން އައި ޝެޑިއުލް ފްލައިޓްތައް މެދުކަނޑާލެވުނު ފަހުން އަހަރަކަށްވުރެ ގިނަ ދުވަސް ވެފައި ވަނި ކޮށެވެ.
އެގޮތުން ނޮވެމްބަރ މަހުން ފެށިގެން މިޑްލްއީސްޓާއި އައްޑޫ އަދި ޕެރިސް ކަނެކްޝަން ހިމެނޭގޮތަށް ހަފްތާއަކު އެއް ފްލައިޓް ބާއްވަން ހަމަޖެހިފާއިވާ ކަމަށް ވިދާޅުވަމުން ފިރާގު އިތުރަށް މައުލޫމާތު ދެއްވީ އަދި މިހާތަނަށް ޝެޑިއުލްކޮށްފައިވަނީ ދުވާލެއްގެ މައްޗަށް އެންމެ ފްލައިޓެއް ކަމަށެވެ. މީގެ އިތުރުން ކޮލަމްބޯ އައްޑޫ ފްލައިޓްގެ އަގު އުޅެނީ ރިޓާން 420 ޑޮލަރުންކަމަށާއި ނަމަވެސް އެންމެ ފުރަތަމަ ޝެޑިއުލް ފްލައިޓްތައް ފަށާއިރު ފެއަރ ޓިކެޓް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.
އެގޮަތަށް ނިންމަން ޖެހުނު ސަބަބެއް ކަމުގައި ފިރާގު ވިދާޅުވީ އައްޑޫ ސިޓީގައި މިވަގުތު އޮތީ އެންމެ ރިސޯޓަކަށް ވެފައި އެ ރިސޯޓުގައި އެނދުތައްވެސް މަދުވީމައެވެ. އަދި މިދިޔަ މަހުވެސް 4 ޗާޓަރ ފްލައިޓް ބޭއްވުނު ކަމަށާއި އައްޑޫ އާއި ހުވަދޫ ކަނެކްޓިވް ފްލައިޓްތަކެއް ބާއްވަން މޯލްޑިވިއަންގައި އެދެފިވާނެ ކަމަށް ބުނަމުން ފިރާގު ވިދާޅުވީ އެކަންކަން ކުރެވޭނީ ހުވަދޫ ކަނެކްޓިވިޓީގެ އެހީ ލިބިގެން ކަމަށެވެ.
މީގެއިތުރުން ސްރީލަންކާއިން ގިނަ ފްލައިޓްތަކެއް ނެތްކަމަށާއި ނަމަވެސް މެލޭޝިއާ އާއި ބެންކޮކް ހުޅުވައިފިނަމަ ފްލައިޓްތައް އިތުރު ކުރެވޭނެ ކަމަށް ވިދާޅުވަމުން ފިރާގު ވަނީ އައްޑޫ އެއަރޕޯޓުގެ ވަސީލަތްތައް ކުރިއަށްވުރެ ރަނގަޅު ކަން ވެސް ފާހަގަކުރައްވާފައެވެ.






