Close

ފެނަކައިން ކޮށްފައިވާ ދަތުރުތަކަށް ފައިސާނުދޭތާ އަހަރެއްވެފައިވާތީ ފެހެންދޫ ޒުވާނުން މުޒާހަރާކޮށްފި

ފެހެންދޫ ފެނަކަ ބްރާންޗްގެ ކުރިމަތީގައި މުޒާހިރާކޮށްފިއެވެ.

ފާއިތުވި އެއްއަހަރު ދުވަހުގެ ފެނަކައިންކޮށްފައިވާ ދަތުރުތަކަށް ދޭންޖެހޭ ފައިސާ ނުދޭކަމަށް ބުނެ، ބ އަތޮޅު ފެހެންފޫ ފެނަކަ ކޯޕަރޭޝަން ކުރިމަތީގައި ބޯޑު ތަކެއް ހިފައިގެން އާންމުންގެ ބަޔަކު ވަނީ މުޒާހިރާކޮށްފައެވެ.

މި މުޒާހަރާގައި ގިނައިން ބައިވެރިވެފައިވަނީ ޒުވާނުންކަންފާހަގަ ކޮށްލެވެއެވެ. މި ނޫހަށް ލިބިފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި މި ބޯޑު ތަކުގައި ލިޔެފައިވަނީ، ފެނަކައިން ކޮށްފައިވާ ދަތުރުތަކުގެ ފައިސާދީފައިނުވާކަމަށެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަން ވަނީ ރައްޔިތުންނަށް ދަރާފައިކަމަށް ބައެއް ބޯޑުތަކުގައި ލިޔެފައިވެއެވެ.

"ފެނަކައިން ކޮށްފައިހުރި ދަތުރު ތަކުގެ ރުފިޔާކޮބާ؟ ރުފިޔާ ނުލިބޭތާ 1 އަހަރު!"

ޒުވާނުންތަކެއް ނިކުމެ ފެހެންދޫ ފެނަކަ ބްރާންޗް ކުރިމަތީގައި ހިފަހައްޓައިގެން ހުރި ބޯޑެއްގައި ލިޔެފައިވެއެވެ.

މީގެ އިތުރުން މި އެއްވުމުގައި މިޒުވާނުންވަނީ ފެހެންދޫ ފެނަކަ ބްރާންޗްގެ ނަން ބޯޑު މަތީގައި "ވަގު ފެނަކަ" މިގޮތައް ލިޔެފައިވާ ބޯޑެއްވެސް ހަރުކޮށްފަ އެވެ.

މިކަމެތި ރައްޔިތުންނަށް ދަރާވިކިފައިވާކަމަށްބުނެ މިޒުވާނުން މުޒާހަރާކޮށްފައިވާއިރު މިއީ ލޯންޗު ފަހަރު ދުއްވާ ޒުވާނުންތަކެއްކަމަށް މަޢުލޫމާތު ލިބިފައެވެ.

ފެނަކަ އިން އެކި ކުންފުނިތަކުން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ނުދައްކާ ގިނަދުވަސް ވެފައިވާކަމަށްބުނެ އެކިފަރާތްތަކުން މީގެ ކުރިންވެސް ވަނީ ޝަކުވާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top