Close

ހުވަދޫ އަތޮޅުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

ހުވަދޫ އަތޮޅުން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. 

ފުލުހުން ބުނީ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އެ މައްސަލަ ޖެންޑަރ މިނިސްޓްރީ އާ ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ހުވަދޫ އަތޮޅުން މިފަދަ މައްސަލައެއް ފެންމަތިވި އިރު އައްޑޫގައި ވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ މިހާރު ވަނީ އެމީހާ ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފުލުހެކެވެ. އެނގިފައިވާ ގޮތުގައި އެމީހާ އައީ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރު ވަންދެން ބިރުދައްކާ ޖިންސީ ގޯނާކުރަމުންނެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލައިގެ ގޮތުގައި ބަލާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top