Close

ތިނަދޫ ޕޯޓު ނިންމައި އަންނަ އަހަރު ހިދުމަތް ދޭން ފަށާނެ: ޝާހިދު

ގދ. ތިނަދޫގައި އެމްޕީއެލުން ތަރައްގީކުރާ ޕޯޓުގެ މަސައްކަތް ނިންމައި އަންނަ އަހަރު ހިދުމަތް ފަށާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެމްޕީއެލުން އަބަދުވެސް މަސައްކަތްކުރަނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ގާއިމް ކުރާ ޕޯޓުތަކުން ވިޔަފާރިވެރިންނަށް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިނަދޫ ރީޖަނަލް ޕޯޓެއް ގާއިމުކުރުމުގެ މަސައްކަތް ފެށި އެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި. މި ޕޯޓުގެ ހިދުމަތް 2022 ވަނަ އަހަރު ފެށިގެންދާނެ،" ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލް އިން ޕޯަޓުތައް ތަރައްގީ ކުރާ ރަށްތަކުގެ ތެރޭގައި ތިނަދޫގެ އިތުރުން ކުޅުދުއްފުއްޓާއި އައްޑޫ ހިމެނެއެވެ.

އެމްޕީއެލް އިން ތިނަދޫ ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ އަހަރު އެކަމަށް ހާއްސަކޮށްގެން ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއުގެ ދަށުން 4500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 3000 އަކަ މީޓަރުގެ ސަރަހައްދެއްގައި ރީއެންފޯސް ކޮންކްރީޓް އެޅުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 15 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top