ގއ. ގެމަނަފުށިން ގއ. ކޮލަމާފުއްޓަށް މި ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހު ދަތުރުކުރި ފަރާތެއް ކޮވިޑަށް ޕޮސިޓިވް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮސިޓިވް ވެފައިވަނީ އެރަށުގައި ކަރަންޓީންގައި ހުރި ފަރާތެކެވެ.
އެގޮތުން ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވެފައިވަނީ ޕޮސިޓިވް ވީ މީހާ އަކީ ގެމަނަފުށިން ޕީސީއާރު ޓެސްޓް ހެދުމަށް ފަހު ނަތީޖާ ލިބުމުގެ ކުރިން ކޮލަމާފުއްޓަށް ގޮސްފައިވާ 2 މީހުންގެ ތެރެއިން މީހެކެވެ. އަދި ނަތީޖާ ލިބެންދެން އެ 2 މީހުން ވެސް ތިބީ ކަރަންޓީންގައި ކަމަށާއި އެ 2 މީހުންގެ އެއްވެސް ކޮންޓެކްޓެއް މިހާތަނަށް ފެނިފައިނުވާ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
އިއްޔެ ފެނިފައިވާ މިކޭސް ގެ އިތުރުން ގެމަނަފުށީގެ މުޖުތަމައުއިން ގިނަ އަދަދަކަށް ކޭސްތައް ފެންނަމުންދާތީ އެރަށް މޮނިޓަރިންގ އަށް ލެވިފާވާއިރު ބަލި ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވެސް މިހާރު ވަނީ އެރަށުގައި އަޅާފައެވެ.






