Close

ނިލަންދޫ ކައުންސިލަރު ޝިޔާމް ޖޭޕީއަށް

ފ. ނިލަންދޫ ކައުންސިލް މެންބަރު އަޙްމަދު ޝިޔާމް (ޝިޔަންޓޭ) ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި ގުޅިވަޑައިގެންފިއެވެ.

ޝިޔާމް ޖޭޕީއަށް ސޮއިކުރައްވައި، ފޯމު ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމާއި ހަވާލު ކުރެއްވީ މިއަދުއެވެ.

ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު ދެއްވި ބަސްދީގަތުމެއްގައި ޝިޔާމް ވިދާޅުވީ، އޭނާ ޖޭޕީ ޚިޔާރު ކުރި ސަބަބަކީ ރާއްޖޭގައި އުފެދިފައި ހުރި ސިޔާސީ ޕާޓީތަކުގެ ތެރެއިން ރާއްޖެއަށް ވެސް އަދި ރަށްފުށުގެ މީހުންނަށް ވެސް އެންމެ ރަނގަޅު އުސޫލުތަކެއް ގެންގުޅޭ ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށް ވާތީކަމަށެވެ.

"މިހާރު ރާއްޖޭގައި އުފެދިގެން މިއުޅޭ ސިޔާސީ އޮއިވަރުގައި ބައްލަވާ އެއްބަޔަކު އަނެއް ބަޔަކު ތަޅާފޮޅަމުން ކުރިއަށް އެ ގެންދަނީ، އެކަމު ޖުމްހޫރީ ޕާޓީ ސިޔާސީގޮތުން ކުރިއަށްދާ ގޮތަށް އެބަ ކުރިއަށްދޭ، އެހެންވީމަ އަޅުގަނޑު ވަރަށް ގަބޫލުކުރާ ސިޔާސަތެއް އެޔަކީ، އަޅުގަނޑު ހޯދާބަލާ އެއްގޮތަކަށް ވެސް ނުފެނު ޖުމްހޫރީ ޕާޓީ ނޫނިއްޔާ އަޅުގަނޑު ގުޅެންޖެހޭ އިތުރު ޕާޓީއެއް އޮތްކަމަށް" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އޮންނަން ޖެހޭނީ ތަންތާގައި ހުޅުޖެހުމާއި، ލޭ އޮހޮރުވުން ނޫންކަމަށެވެ. އަދި ކުރަންވީ ކަމަކީ ސިޔާސީގޮތުން ރަނގަޅު މަސައްކަތްތަކެއް ކުރުން ކަމަށާއި، ގައުމަށާއި ރަށްފުށަށް ފައިދާ ހުރިގޮތަކަށް ރާއްޖޭގެ ތަރައްގީއަށް އިސްކަންދީގެން ކުރިއަށްދާ ޕާޓީއެއްގެ ގޮތުގައި ފެނިވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމްގެ ޖުމްހޫރީ ޕާޓީއާއި މިއަދު ގުޅިވަޑައިގަތްއިރު އޭނާގެ އިތުރުން، އޭނާގެ ޓީމްގެ މެންބަރުންތަކެއް ވެސް މިއަދު ވަނީ އެ ޕާޓީއަށް ސޮއިކޮށް، ފޯމުތައް ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ އަތްޕުޅަށް އަރުވާފައެވެ.

ނިލަންދޫ ކައުންސިލް މެންބަރު އަޙްމަދު ޝިޔާމް އަކީ މިނިވަން މެންބަރެއްގެ ގޮތުގައި ނިލަންދޫ ކައުންސިލަށް އިންތިޚާބުވެ ވަޑައިގަތް މެންބަރެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top