ގދ. ތިނަދޫ ނެރުމަތިން 2 ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫ ފަޅުތެރެއިން މިރޭ 21:00 ހާއިރު މި އެކްސިޑެންޓެއް ހިގާފައިވަނީ އެރަށު "ހަޒާނާ" ދޯންޏާއި ގއ. ދެއްވަދޫ "ދަރުމަ" ދޯނި ޖެހިގެންނެވެ.
އެގޮތުން ދަރުމަ ދޯނީގެ ކެޔޮޅު އަހުމަދު ޒަކީ ބުނެފައިވަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދަރުމަ ދޯނި ނެރުން ނުކުންނަން އުޅުނު ވަގުތު ހަޒާނާ ދޯނިވެސް ގަވާއިދާއި ޚިލާފަށް ނެރުން ނިކުންނަން އުޅުމުންނެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މި އެކްސިޑެންޓް ހިނގި 2 ދޯންޏަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.

މި އެކްސިޑެންޓް ގެ އިތުރުންވެސް މިރޭގެ ވަގުތެއްގައި ތިނަދޫގައި 2 އެކްސިޑެންޓެއް ވަނީ ހިނގާފަ އެވެ.






