Close

ކުޑަހުވަދޫ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

ދ. ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއު ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫގެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހަސަން ސައީދެވެ.

އާރުޑީސީއާ ހަވާލުކޮށްފައިވަނީ ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން 5.8 ކިލޯމީޓަރުގެ މަގުގެ ތާރު އަޅައި ފެން ހިންދާ ނިޒާމު ގާއިމްކޮށް މަގު ބައްތި ޖަހާނެއެވެ.

މި މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 122.8 މިލިއަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top