Close

ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއަށް ނިސްބަތްވާ ޒުވާނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ހޯދަމުންދަނީ ގދ.ފިޔޯރީ، ބްލޫހެވަން، އުމުރުން 23 އަހަރުގެ ޢަބްދުﷲ ޖުމްރާން ކަމަށެވެ. އޭނާ ކޯޓަށް ޙާޒިރުވުމަށް އަންގާފައިވަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށާއި މިހާތަނަށް ވެސް އޭނާ ޙާޒިރު ކުރެވިފައިވާ ނުވުމުން މި ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުގެ 09:15 ކުރިން ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ޙާޟިރު ކޮށްދިނުމަށް ފުލުހުންނަށް ވަނީ އެކޯޓުގެ ފަރާތުން އަމުރު ކޮށްފައެވެ.

މީގެ އިތުރުން އެމީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންނަށް ވީހާވެސް އަވަހަށް އަންގާދިނުމަށް އެދެމުން ފުލުހުންވަނީ ކުށްވެރިން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top