އެސްޓީއޯގެ “ވޯކް2ވޯކް” ހަރަކާތް ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމަށް މިއަދު އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ފައިމަގުގައި އޮފީހަށް ގޮސްފިއެވެ.
މި ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ އެސްޓީއޯގެ މުވައްޒަފުން ބައިވެރިވިކަމަށް އެ ކުންފުނިން ބުނެއެވެ.
މި ހަރަކާތަކީ ދުއްވާ އުޅަނދުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުމާއި ސިއްހަތަށަ ކުރާ ގެއްލުމާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމަށް އެ ކުންފުނިން ހިންގާ ހަރަކާތެކެވެ.
މި ހަރަކާތް އެންމެ ފުރަތަމަ ފެށީ 2019ވަނަ އަހަރުގައެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު ގޭގައި ތިބެ ވަޒީފާ އަދާކުރާ ގޮތަށް އިންތިޒާމު ހަމަޖެހުމުން، މިދިޔަ އަހަރު އެ ހަރަކާތް ކުރިއަށް ނުގެންދެވެއެވެ.
މިއަދު މުވައްޒަފުން ދެއްކި ނަމޫނާއާއި ދިން އެއްބާރުލުން ފާހަގަކޮށް އެސްޓީއޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.






