Close

ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ތިނަދޫގައި ކުރިއަށް ގެންގޮސްފި

"ނަލަ ރީތި ތިނަދޫ" ޝިއާރުގެ ދަށުން ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ގދ. ތިނަދޫގައި ކުރިއަށް ގެންގޮސްފި އެވެ.

ތިނަދޫ އަންހެނުންގެ ކޮމިޓީގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް އަކީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ ޕީސް ވީކް ފާހަގަ ކުރުމުގެ ގޮތުން ގދ. އަތޮޅު ތައުލީމީ މަރުކަޒާއި އެމް.އެން. ޔޫ ތިނަދޫ ކެމްޕަސް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމް އެކެވެ.

އެގޮތުން މި ޕްރޮގްރާމްގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގާލް ގައިޑުންނާއި ސްކައުޓުންގެ އިތުރުން ތިނަދޫ ކައުންސިލްގެ ބައެއް މެމްބަރުންވެސް ބައިވެރިވެގެން ވަނީ އެރަށުގެ އުތުރު ފަރާތު ގޮނޑުދޮށް ސާފު ކޮށްފައެވެ.

މީގެ އިތުރުން ހުވަދޫ ސްވިމިންގް ކްލަބްގެ ފަރާތުންވެސް ވަނީ ސާފްކުރުމުގެ ޕްރޮގްރާމެއް ފަށާފައެވެ. ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ފަށާފައިވާ މި ޕްރޮގްރާމްގައި ތިނަދޫގެ ހޭޅިފަށާއި ގޮނޑުދޮށް އަދި މޫދުވެސް ވަނީ ސާފް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top