ގއ. ދެއްވަދޫގެ ސިއްހީ މަރުކަޒުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހެއްގެ ހާލު ގޯސްވެ ގދ. ތިނަދޫއަށް ގެންދިއުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި ރޭ ދަންވަރު 02:50 ހާއިރު ހާލު ގޯސްވެގެން ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްއަށް ގެންގޮސްފައިވަނީ 43 އަހަރުގެ ދިވެހި އަންހެނެކެވެ.
ކުއްލި ފަރުވާއަށް އެމީހާ ހޮސްޕިޓަލަށް ގެންދެވިފައިވަނީ އެމްއެންޑީއެފް ގެ އެސްއޭ ސީޖީ ސްކޮޑްރަންގެ އެހީތެރިކަމާއެކުގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.






