Close

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެއްޖެ

ހުވަދު އަތޮޅު ރަށެއްގަައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެކަން ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަޕަރ ސައުތް ޑިވިޝަން (ގދ. އަދި ގއ.) ހިމެނޭ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލަ އެފަރާތަށް ހުށައަޅާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ.

މި މައްސަލަ ހުށައަޅާފައިވަނީ ހުވަދު އަތޮޅުގެ ރަށަކުން ކަމަށާއި ނަމަވެސް ކުޑަކުދިންނާއި ބެހޭ މައްސަލަ ތަކަކީ ވަރަށް ސީރިއަސް މައްސަލަ ތަކަކަށް ވުމުން ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމަށްޓަކައި އެއީ ކޮން ރަށެއްގެ ކުއްޖެއްކަން ހާމަ ނުކުރާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހުވަދު އަތޮޅުން ކުޑަކުދިންނަަށް ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލަ އިތުރުވެފައި ވާއިރު ފުލުހުން ވަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top