Close

ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރުންނަށް އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ

އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ ހަމަޖައްސައިފިއެވެ.

ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ސޮއި ކުރެއްވި އިރު އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

އެފްއޭއެމުން ވަނީ މުބާރާތުގެ ލޯކަލް އޯގަނައިޒާސް ކިޓް ޕާޓްނަރަކާއި އިންޝުއަރެންސް ޕާޓްނަރެއްގެ އިތުރުން ބެވެރޭޖް ޕާޓްނަރެއް ވެސް ހަމަޖައްސައި އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މީގެ ކުރިން މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ވަނީ ހަމަޖައްސައިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top